ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ބްލޮގް ޕޯސްޓުތައް

ހެޔޮ އަގުގައި ކޮލިޓީ މުދާ: އެސް.އެމް.އޭ ސްޓޯރުގެ ނަމުގައި އާފިހާރައެއް ދަޑިމަގުގައި ހުޅުވައިފި

ސެޕްޓެމްބަރ 5، 2024 ވިޔަފާރި

މި ފިހާރަ ހުޅުވުމުގެ މަޤްޞަދަކީ ފުވައްމުލަކު ރައްޔިތުންނަށް ހެޔޮ އަގުގައި ކޮލިޓީ މުދާ އެއްތަނަކުން ހޯދައިދިނުން ކަމަށް އެސް.އެމް.އޭ ސްޓޯރުގެ އޯނަރ އަލީ ޝަހުމް ވިދާޅުވިއެވެ


މި ސްޓޯރުން މައިގަނޑު ގޮތެއްގައި ވިއްކާނީ އާންމު ދިރިއުޅުމަށް ބޭނުންވާ މުދާތަކެވެ. އަދި ފުވައްމުލަކު ދަނޑިމަގު އަވަށުގައި ރައްޔިތުން ވިޔަފާރިކުރަން ގިނަ ފިހާރަތަކެއް ނެތުމުން، ރައްޔިތުންނަށް ލުއިފަސޭހަކަން، މިފިހާރައިގެ ސަބަބުން ލިބިގެންދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.


މީގެއިތުރުން، ކުރިއަށް އޮތްތާގައި މި ފިހާރައިން ތަފާތު އެކި ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެސް.އެމް.އޭ ސްޓޯރު ހުންނަނީ ދަނޑިމަގު އަވަށު، ހަވީރީ ގޯޅީގައެވެ.

މި ފިހާރަ އިގެ ސަބަބުން، ދަނޑިމަގު އަވަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކޮލެޓީ މުދާ ހެޔޮ އަގުގައި އެއްތަނަކުން ބައްލަވާގަތުމުގެ ފުރުޞަތެއް ލިބިގެންދާނެއެވެ

Write a comment