ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ބްލޮގް ޕޯސްޓުތައް

ގައުމިއްޔަތު ދިރުވުމަށް ޤައުމީ އެއަލައިންގެ ޔުނިފޯމްގެ ގޮތުގައި ދިވެހި ލިބާސް ކިހިނެއްވާނެބާ؟

މެއި 11، 2024 އާދަކާދަ
ގައުމިއްޔަތު ދިރުވުމަށް ޤައުމީ އެއަލައިންގެ ޔުނިފޯމްގެ ގޮތުގައި ދިވެހި ލިބާސް ކިހިނެއްވާނެބާ؟

ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތު ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މިނިސްޓްރީ އޮފް ދިވެހި ލެންގުއެޖް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ނަމުގައި މިނިސްޓްރީއެއް އުފައްދާފައެވެ.

މި މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ،ޤައުމިއްޔަތު ބިނާވެގެން ވަނީ މައިގަނޑު ހަތަރުކަމެއްގެ މައްޗަށެވެ. އެއީ އިސްލާމްދީނާއި، ދިވެހިންގެ ޘަޤާފަތާއި އާދަކާދައިގެ އިތުރުން ދިވެހި ބަހާއި ދިވެހިންގެ މިނިވަންކަމެވެ. މިހަތަރު ކަންތަކުގެ މައްޗަށް ޤައުމިއްޔަތު ބިނާވެގެންވާއިރު، މިއިން އެއްވެސްކަމެއް އުނިވެގެން ހިނގައްޖެނަމަ ޤައުމިއްޔަތު ފުރިހަމަ ވެގެންނެއް ނުދާނެކަން ކަށަވަރެވެ.

ގައުމިއްޔަތު ދިރުވައި އަލާކުރުމަށް  ކުރަންޖެހޭ ކަންތައް ނުހަނު ގިނަގުނައެވެ. މިގޮތުން ދިވެހިރާއްޖޭ ތަމްސީލް ކުރާ  ދިވެހިންގެގައުމީ އެއާރލައިން ”މޯލްޑިވިއަން“ އިންވެސް،  ގައުމިއްޔަތުގެ ކުލަވަރު ފެންނަން ޖެހެއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ  ގައުމީ އެއާރލައިންތަކުގެ ކެބިން ކުރޫއިންގެ ގެ ޔުނިފޯރމްތައް ހުންނަނީ އެ ގައުމުތަކުގެ، ގައުމީ ހެދުން ނުވަތަ ސަޤާފަތާއި ގުޅުވާފައެވެ.

މިގޮތުން އަވައްޓެރި އިންޑިއާގެ ގައުމީ އެއާލައިން“ އެއާ އިންޑިއާ“ ގެ އަންހެން ކެބިން ކުރޫއިންތިބެނީ ޔުނިފޯމްގެ ގޮތުގައި އެމީހުންގެ ހާއްސަ ސަޤާފީ ހެދުން ކަމުގައިވާ،ސާރި އަޅައިގެންނެވެ. ހަމަ މިގޮތަށް ސިންގަޕޯރ އެއާލައިންސް، ސްރީލަންކަން އެއާރލައިންސް، ޓަރކިޝް އެއާލައިންސް ފަދަ މަޝްހޫރު ގައުމީ އެއާލައިން ތަކުގެ ޔުނިފޯމްތައް ވެސް އެ ގައުމުގެ ގައުމީ ހެދުން ނުވަތަ ސަޤާފަތާއި ވަނީ ގުޅުވާލައިފައެވެ.

ފަތުވެރިކަމަށް މުޅި އިޤްތިސޯދުހެން ބަރޯސާވެފައިވާ އަހަރެމެންގެ ދިވެހިރާއްޖޭގެ ގައުމީ އެއާލައިންސް ގެ ކެބިން ކުރޫއިންގެ ޔުނިފޯމުން ވެސް ދިވެހި ގައުމީ އަދި ސަޤާފީ ކުލަ ނުޖެހޭންވީ އެއްވެސް ސަބަބެއް ނެތެވެ. ދިވެހިންގެ ގައުމިއްޔަތު ދިރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ގައުމީ އެއާލައިންސް ގެ އަންހެން ކެބިން ކުރޫއިންގެ ޔުނިފޯމް،ދިވެހި ލިބާހަށް ބަދަލުކުރުން ކިހިނެއް ވާނެބާ؟

.މިކަން ވެގެންދާނީ ދިވެހިންގެ ސަޤާފަތާއި، ތަރިކައާއި އައިޑެންޓިޓީ މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ލިބިގެންދާނެ ވަރުގަދަ ވަސީލަތަކަށެވެ.

Taggs:
Write a comment