ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ބްލޮގް ޕޯސްޓުތައް

ރައްޓެހިންނަށް ދޭންވީ ލޯނުތަ؟ ހަދިޔާތަ؟

ރައްޓެހިންނަށް ދޭންވީ ލޯނުތަ؟ ހަދިޔާތަ؟

މަހުގެ ވަކި ހިސާބަކުން އަހަރެމެންގެ ތެރެއިން  ބައެއް މީހުންގެ އަތުގައި ޟަރޫރީ ބޭނުންތަށް ފުއްދުމަށް، ފައިސާއެއް ނޯވެއެވެ.  ދެން އަވަސް ވެ ގަންނަނީ ރައްޓެހިން ނުވަތަ ގާތްތިމާގެ މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދުމަށެވެ. މިއީ އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ކަށީގައި ހިފާފައިވާ އާދައެކެވެ.އެހެން ނަމަވެސް މި އާދައިން އަހަރެމެން ދުރުހެލި ވާންޖެހޭ ކަމަށް  މާލީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. އެމީހުން ބުނާގޮތުން މިކަމުގެ ސަބަބުން ކިތަންމެ ވަރުގަދަ ގުޅުމެއްވެސް ހީނަރު ވުމަށް ނަގާނީ ފަޅި ސިކުންތު ކޮޅެކެވެ.

އެމެރިކާގައި 2019 ވަނަ އަހަރު ކުރި ސާރވޭއަކުން ދައްކާ ގޮތުގައި އެ ގައުމުގެ 60 އިންސައްތަ މީހުން، ފަހުން އަބުރާ ދައްކާނެ ކަމުގެ އުއްމީދުގައި ރައްޓެހިންނާއި ގާތްތިމާގެ މީހުންނަށް ދަރަންޏަށް ފައިސާ ދެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން 37 އިންސައްތަ މީހުންގެ ފަރާތުން އެ ފައިސާތަށް އަބުރާ ލިބޭގޮތެއް ނުވެއެވެ. މިކަމުގެ ސަބަބުން %21 އިންސައްތަ މީހުންގެ އެކުވެރިކަން ނުވަތަ އާއިލީ ގުޅުން ވަނީ ކެނޑިފައެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި މިކަމަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ރައްޓެހިންނާއި ގާތްތިމާގެ މީހުންނަށް ދަރަންޏަށް ފައިސާ ދިނުމުގެ ބަދަލުގައި، ތިމާއަށް ގެއްލުން ނުވާވަރެއްގެ އެހީއެއް ހަދިޔާއެއްގެ ގޮތުގައި ދިނުމެވެ.

Write a comment