ފުވައްމުލަކުގައި އޮޑިފަހަރު ބޭލުން: އިޖްތިމާޢީ ގުޅުން ބަދަހިކުރުމުގެ ރިވެތި އާދައެއް

ކުރީޒަމާނުގައި ފުވައްމުލަކުގެ ރައްޔިތުން ރިޔަލު އޮޑިފަހަރުގައި މާލެއަށާއި އޮޅުދޫއަށް ދަތުރުކުރިއެވެ. މި ދަތުރުތަކާ ގުޅިގެން، އޮޑިފަހަރު ބޭލުމަކީ ރައްޔިތުން ވަރަށް ފޯރިއާއެކު ކުރަމުން އައި އިޖްތިމާޢީ ޙަރަކާތަކަށް ވިއެވެ. ފުވައްމުލަކުގައި ހަތަރު ފަސް އޮޑިހަރުގެއިން، އަހަރަކު ދެމޫސުމު ދަތުރުކުރި ދުވަސްވަރު އޮޑިބާލާދުވަހު ރަށުގެ އެންމެން އެއްތަނަކަށް ޖަމާވެ، އެކަކު އަނެކަކަށް ފެނި ދެނިވުމާއެކު ސަރަހައްދުގެ ގޭގެއަށް ދުރު ހިސާބުގެ މީހުން ޒިޔާރަތްކޮށް ރަޙްމަތްތެރިކަން އާލާކުރުމުގެ ވަރުގަދަ ރޫޙެއްވެސް މިކަމުގެ ސަބަބުން އޭރު އޮތީ އުފެދިފައެވެ.
2. ފުވައްމުލަކުގެ ޠަބީޢަތު
ފުވައްމުލަކަކީ ވަށައިގެން ރާޅު އަރާ، ވިލެއް ފަޅެއް އަދި އޭރު ބަނދަރެއްވެސް ނެތް ފުއްޓަރެކެވެ. މި ސަބަބަށްޓަކައި، ދަތުރުކުރާ އޮޑިފަހަރު ކޮންމެ ދަތުރަކު ގޮސްފައި އެނބުރި އައިސް އޮޑިން މުދާ ހުސްވުމުން އޮޑި އެހެލަނީއެވެ. މިގޮތަށް އޮޑިފަހަރުގެ ދަތުރު ހުއްޓެންދެންވެސް އޮޑި އެހެލައި ބޭލުމުގެ މަސައްކަތް ކުރެވެއެވެ.
3. އޮޑި ބޭލުމުގެ މަރުޙަލާތައް
3.1 އޮޑިޔަށް ފެންޖެހުމާއި ދަވާދުލުން
• އޮޑިޔަށް ފެންޖަހައި ދިޔަ ބެލުން: އެންމެ ކުރިން ކުރާކަމަކީ އޮޑިޔަށް ފެންޖަހައި ދިޔަބެލުމެވެ. ދެން އެފެނަށް އޮޑިކޮޅައި، މަދަން އަޅައި ނިމުމުން ދެވަނަ ފެނަކާއި އަދި ތިންވަނަ ފެނެއްވެސް ޖަހާނެއެވެ. މިގޮތަށް ފެންޖަހައި ނިމޭއިރު އޮޑި ހުންނަނީ ރަނގަޅަށް ދިޔަހިފިފައެވެ.
• ދަވާދުލުން: ދެން ކުރާކަމަކީ އޮޑީގެ ބޭރު ރީތިކުރުމެވެ. ވަތުގައި ލަނީ ސަރުބީއެވެ. ދެން އެއާ ޖެހިގެން ރަތް ދަވާދެވެ. ދެން ކަޅު ދަވާދެވެ. އެއަށްފަހު ހުދު ދަވާދުން ހަނިފަށް ދަމާފައި އަނެއްކާ ކަޅުދަވާދު ލުމަށްފަހު އެންމެ މަތީގައި ބޯރިދޫއިންގޮސް ސަބުދަރީގެ ކޮޅަށްވެސް ހުންނަނީ ހުދު ދަވާދު ލާފައެވެ.
• ބަރުބޯޅަ ޖެހުން: އެންމެފަހަށް އޮޑީގެ ދެފަރާތުގައި ބަރުބޯޅަޖަހައި ނިމުމުން އޮޑީގެ ބޭރުގައި ދަވާދުލައި ނިމުނީއެވެ.
3.2 އޮޑި އެޅުމުގެ ތައްޔާރީތައް
• ވައިދަށުގަލުގައި ސަލާމަތި ހައްޔަރުކުރުން: ވައިދަށުގަލޭ ކިޔާ ގަލެއްގައި ސަލާމަތި ހައްޔަރުކޮށް ރަށުގެ އުތުރުކޮޅަށް ބޮޑު ނަގިލި ލެވުނެވެ.
• ބޮޑު ނަގިލި ލުމާއި ބޯސާޖެހުން: މެދަށް ބޯސާޖަހައި އެތަނުގައި ކުޑަވަރެއްގެ ފަލިދޯންޏެއް ބާއްވަނީއެވެ.
• އޮޑިހަރުގެ ރޫޅާލުން: އޮޑިހަރުގެ ރޫޅާލައި ފަށަންދަށަށް ކަނދުލައްވައި މުޅި އޮޑީގައި ތަންޑިޔާ ބަނދެ ކަތިވާ ފުރުމެވެ.
• ނަގިލިލުމާއި އަވަލު ހަރުކުރުން: އޮޑިއާ ދިމާއަށް ފަރުބޭރަށް ނަގިލިލައި އަވަލުގެ ކޮޅު އޮޑީގައި ހަރުކޮށް ދިރުނބާކޮޅު މައްޔަލަގެ މަތިން ކަންބަރާ ވަލެއް ދޫކޮށްފައި ބަހައްޓާނެއެވެ.
• ނަރުވަލާއި ސަލާމަތި ލެއްވުން: އޮޑީގެ ދެފަރާތުން ނަރުވަލާއި ސަލާމަތި ލައްވައި ކަވަރު ލައްވާނެއެވެ. އަދި އޮޑިވަޅުވެސް ކޮނެލާނެއެވެ.
• އިތުރު ތައްޔާރީތައް: އޮޑިން ފެށިގެން ގޮނޑުދޮށާ ހަމައަށް ކަނދުއަޅައި ކަނދުމައްޗަށް ލޮނދި ޖެހުމަށްފަހު ސަރައްޕަން ބަނދެ ގުންޑޮޅިމަތީގައި ބާއްވާނެއެވެ.
3.4 ޒިކުރު ކިޔުމުގެ ރަސްމިއްޔާތު
• ”ދެ ބުންކެޅެ“ ތައްޔާރުކުރުން: ޒިކުރުކިޔާ ރޭގެ އިރުއޮއްސޭ ވަގުތު ”ދެ ބުންކެޅެ“ ތައްޔާރުކޮށް ދިއްލާފައި ފިލާގަނޑުމަތީގައި ބަހައްޓާނެއެވެ. ބުންކެޅެއަކީ ލިޔެފައިވާ ނުކިހަވަކަކަށް ތެޔޮއަޅައިގެން އޭގައި ފުކެއް ދިއްލާފައި ހުންނަ އެއްޗެކެވެ.
• ޒިކުރު ކިޔުން: އެރޭގެ އިޝާނަމާދުން ފައިބައިގެން ޒިކުރުވެރިން އޮޑިޔަށް ދުރުވެ ޒިކުރު ކިޔުއްވާނެއެވެ.
• ޖަމާޢަތުގައި ކެއުން: ޒިކުރު ނިންމަވާފައި ގާތްގަނޑަކަށް ދިހައެއްޖަހާއިރު އޮޑިވެރިގެއަށް ދުރުވެ ކެއުމެއް އޮވެއެވެ. މި ޖަމާޢަތުގައި ރަށުގެ ވެރިން، ހަރުމީހުން، ކޮމިޓީން ބައިވެރިވެލައްވައެވެ.
3.5 އޮޑި އެލުވުން
• އޮޑި ގޮނޑުދޮށާ ކައިރިކުރުން: އޮޑި އެލުވުމަށް ކުރާކަމަކީ އޮޑި ހުރިތަނުން މުށެއްހާތަން ކުރިޔަށް (ގޮނޑުދޮށަށް) ޖެއްސުމެވެ. މިއީ ޒިކުރު ކިޔާ ރޭގެ ފަހުދުވަހު ހެނދުނު އެންމެ ފުރަތަމަ ކުރާ ކުރާ ކަމެވެ.
• ތަންޑިޔަލުގައި ހިފުމާއި މަތަ އެޅުން: އޮޑި އެލުވާއިރު ތަންޑިޔަލުގައި ހިފައިގެން މީހުން ތިބޭނެއެވެ. އަދި މަތަވެސް އަޅާނެއެވެ.
3.6 ތިން ކާށި ޖެހުން
އޮޑި އެލުވާދުވަހު އޮޑި ބާލަން ކަނޑައެޅިފައިވާ ވަގުތު ކައިރިވުމުން އޮޑިޔަށް އަރައި، ލިޔެފައި އޮންނަ ތިން ކާށި އޮޑީގައި ނިއުޅާލުމަށްފަހު އެއްފަހަރާ އޮޑީގެ ދެކޮޅުގައްޔާއި މެދުގައި ޖަހައި ތިންކާށި މުގުރާލާނީއެވެ. ނިއުޅާލުމަކީ ފަންޑިތަ ލިޔެފައި އޮންނަ ކާށި އޮޑީގައި ޖެހުމަށް ކިޔާ އެއްޗެކެވެ.
3.7 އޮޑި ބޭލުމުގެ މައިގަނޑު މަސައްކަތް
• ރައްޔިތުންގެ ބައިވެރިވުން: ކުރިން މިދެންނެވި ތިންކާށި ޖެހުމ
• ކަތީބުންނާއި މުދިމުންގެ ދައުރު: އެބޭކަލުން ތިއްބަވަނީ ފައިކުރި ދިގު ހުރުވާޅު ލައްވާފައި މެދުބަނޑުގައި ފޮށާބަންނަވާފައެވެ. ކޮންމެއަކަސް އޮޑިބަލަނީ ދިޔަވަރު ބޮޑުވާ ވަގުތު ކަމުގައިވާތީ، އެންމެންވެސް ތިބެނީ މޫދަށް އެރެން ތައްޔާރުވެގެންނެވެ.
• އޮޑި ދަމައި ކަނޑަށް ބޭލުމުގެ ތަފްޞީލު:
– ބިންމަތީގައިވެސް ތިބެގެން ކަނާތުން ދަނޑިބުރިއެއް ހިފައި މީސްތަކުންނަށް އިޝާރާތްކުރުމުން ”އާނ ހިފާ އާނ“ މިގޮތަށް ގޮވާނެއެވެ.
– މިހެން ގޮވާލުމާއެކު އެންމެން އެކުގައި ވަލުގައި ހިފައި ދަމައިގަންނާނެއެވެ.
– ވަލުގައި ހިފައިގެން ތިބޭނީ އެއްގަމާއި މޫދުގައެވެ.
– ކަތީބުންނާއި މުދިމުން ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން ސާބަސް ދެއްވަން ފެށްޓެވުމާއެކު ގިނައިރެއް ނުވެ އަޑުކިޔާފައި އޮޑި ހެލިލުމުން ބޯވަތްކޮށްލާފައި ގަދަބާރުލުމުން ވަލަށް ދަމަމުންގޮސް އޮޑި ދުއްވައިގަތުމުން ސަރައްޕަން ލެއްވުމުން އޭގެ މަތިންގޮސް އޮޑި މޫދަށް ފައިބައި ފުންވެގެންދާނެއެވެ.
– އޮޑީގެ މިދިމާ ކަންބަރާވަލުގައި އެލިގަނެގެން ސަލާމަތްދުޢާ ކިޔަމުން އޮޑިޔަށް އަރާނެއެވެ.
– އޭރު އޮޑި ބޭރުވުމަށް ދާނެއެވެ.
– މިގޮތަށް އޮޑި ބޭރު ކަނޑަށް ނެރެ ކުރިން ދެންނެވި ކުޑަފަލި ދޯންޏާ ކައިރިވުމުން އެދޯނީގައި ހުންނަ މީހަކު ބޯސާގެ ކޮޅު ހިފައިގެން (ވަލުގެ ކޮޅު) ފަތާފައި އައިސް އޮޑިއަށް ދިނުމުން އޮޑިއަށް އެވާ ދަމައި ބާރުކޮށް ބޯސާޖަހައި މުގޫ އަޅާނެއެވެ.
– ދެން ވަރަށް އަވަސް އަވަހަށް ތަންޑިޔާ ރޫޅާލައި އޮޑި ރީތިކޮށް ލުމުން އޮޑިބާލައި ނިމުނީއެވެ.
ފުވައްމުލަކުގައި އޮޑިފަހަރު ބޭލުމުގެ މަސައްކަތަކީ ހަމައެކަނި އިޤްތިޞާދީ ބޭނުމެއް ހާސިލުކުރުމަށް ކުރެވުނު ކަމެއް ނޫނެވެ. މިއީ މުޖުތަމަޢުގެ އެކި ދާއިރާތަކަށް ފައިދާކުރި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، އާދަކާދަތައް ދިރުވައި، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރި މުހިންމު އިޖްތިމާޢީ ޙަރަކާތެކެވެ. މި މަސައްކަތުން ފެންނަން އޮތް އެންމެ މުހިންމު ކަމަކީ މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު، އެއް މަޤްޞަދެއްގައި މަސައްކަތްކުރުމުގެ މުހިންމުކަމެވެ.