ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ބްލޮގް ޕޯސްޓުތައް

ފުވައްމުލަކުގެ ތަރައްޤީގެ މަސައްކަތްތައް ވަނީ ބޮޑުތަނުން މަޑުޖެހިފައި

ފުވައްމުލަކުގެ ތަރައްޤީގެ މަސައްކަތްތައް ވަނީ ބޮޑުތަނުން މަޑުޖެހިފައި

ފުވައްމުލަކު ސިޓީގެ ތަރައްޤީގެ މަސައްކަތްތައް ބޮޑުތަނުން މަޑުޖެހިފައިވާކަން ފާހަގަކުރެވެއެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފެށި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިހާރު ހުއްޓިފައިވާކަން ދާދި ފަހުން ރަށަށް ކުރެވުނު ދަތުރަކުން ވަނީ ފާހަގަކުރެވިފައެވެ.

ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަގުތައް ހެދުމުގެ މަސައްކަތާއި، ފެނަކަ އިންޖީނުގޭގެ މަސައްކަތް، އަދި އަލަށް އިމާރާތްކުރަން ފެށި މިސްކިތްތަކުގެ މަސައްކަތްތައްވެސް މިވަގުތު ވަނީ މުޅިން ހުއްޓިފައެވެ. މީގެ އިތުރުން، އެއްވެސް އައު ތަރައްޤީގެ މަޝްރޫޢެއް ރަށުގައި ފެށިފައިނުވާކަންވެސް ފާހަގަކުރެވެއެވެ.

މިހާރުގެ ސަރުކާރުން ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 2024 ވަނަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު ފަށާފައިވީ ނަމަވެސް، މިއަދާ ހަމައަށް 4 މަހާއި 19 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރުވެސް، ކުރީގެ ސަރުކާރުން ހަދާ ނިންމާފައިވާ މަގުތަކެއް ފިޔަވައި އިތުރު އާ މަގުތަކެއްގެ މަސައްކަތް ފެށިފައެއް ނުވެއެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ފުވައްމުލަކު ސިޓީގެ ތަރައްޤީގެ މަސައްކަތްތައް ވަނީ ބޮޑުތަނުން މަޑުޖެހިފައިކަން ފާހަގަކުރެވެއެވެ.

Taggs:
Write a comment