ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސިއްހަތު

0

No products in the cart.

ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސިއްހަތު

ބްލޮގް ޕޯސްޓުތައް

ޓްރާންސްޕޯޓްގެ ތެރެއިން ހިންގާ ބޮޑު ޖަރީމާ: ފައިސާ ދިނުމުން ޓެސްޓަކާ ނުލައި ބިދޭސީންނަށް ލައިސެންސް!

އޯގަސްޓް 9، 2026 News
ޓްރާންސްޕޯޓްގެ ތެރެއިން ހިންގާ ބޮޑު ޖަރީމާ: ފައިސާ ދިނުމުން ޓެސްޓަކާ ނުލައި ބިދޭސީންނަށް ލައިސެންސް!

ރާއްޖޭގެ އާބާދީގައި ބިދޭސީންގެ ހިއްސާ ބޮޑުކަމީ އެންމެން ގަބޫލުކުރާ ހަގީގަތެކެވެ. ނަމަވެސް، މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން، ދިވެހިންގެ ބަޔަކު އިސްވެ ތިބެ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ގަވާއިދާއި ހިލާފަށް ބިދޭސީންނަށް ލައިސެންސް ދޫކުރަމުންދާ ކަމުގެ ،އަޑުތައް ވަރަށް ގަދައެވެ.

އާންމު ރައްޔިތުންނަށް ތަކުލީފު، ބިދޭސީންނަށް ފައިސާ ދިނުމުން ލުއި

އާންމު ރައްޔިތުން ލައިސެންސް ހޯދުމަށްޓަކައި ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓްތައް ހަދައި، އެތައް މަސައްކަތެއް ކުރަންޖެހޭއިރު، ބިދޭސީންނަށް މިކަން އޮތީ މުޅިން ތަފާތުކޮށެވެ. އެއްވެސް ވައްތަރެއްގެ ޓެސްޓެއް ހެދުމަކާ ނުލައި، ދުއްވަން ނޭނގޭ ބިދޭސީންނަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ލައިސެންސް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. މިއީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މެދުވެރިވާ އެއް ސަބަބެވެ.

މި ޣައިރު ގާނޫނީ މުއާމަލާތްތައް ހިންގަނީ 8,000 ރުފިޔާ އާއި 10,000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ފައިސާ ނަގައިގެންނެވެ. ލައިސެންސް ދޫކުރަނީ މި ފައިސާ ދެއްކުމުން ކަމަށާއި، މިކަމުގެ ސަބަބުން ގަވާއިދާ ޚިލާފަށް ލައިސެންސް ހޯދާ ބިދޭސީންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މިއީ ވަރަށް ސީރިއަސް މައްސަލައެއް“

މިކަމުގެ ހަގީގަތް ހާމަކުރި ފަރާތްތަކުން ބުނާ ގޮތުގައި، އެމީހުން ދަންނަ ބިދޭސީން ވެސް މިފަދަ ގޮތްގޮތަށް ފައިސާ ދީގެން ލައިސެންސް ހޯދާފައިވާ ކަމަށެވެ. ”މިއީ ދައްކަން ބޭނުންވާ ވާހަކައެއް ނޫން ނަމަވެސް މިއީ ހަގީގަތް،“ ކަމަށް ބުނެ އެ ފަރާތްތަކުން ވަނީ މިކަމުގެ ސީރިއަސްކަން ފާހަގަކޮށްފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށާވަރު ކުރެވޭނީ މިފަދަ ކޮރަޕްޝަންގެ އަމަލުތައް މުލުން ފުހެލައިގެންނެވެ. ދުއްވަން ނޭނގޭ މީހުންނަށް ފައިސާގެ ދަހިވެތިކަމުގައި ލައިސެންސް ދޫކުރުމަކީ އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ކުށެކެވެ. އެހެންކަމުން، މި މައްސަލަ ވަގުތުން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.

Taggs:
Write a comment