ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ބްލޮގް ޕޯސްޓުތައް

ގަސް ނުކެނޑިނަމަ  ފުވައްމުލަކު އެއާޕޯޓްގެ ރަންވޭ  އެތަނުގައި އެޅުނީސްތަ؟

ގަސް ނުކެނޑިނަމަ  ފުވައްމުލަކު އެއާޕޯޓްގެ ރަންވޭ  އެތަނުގައި އެޅުނީސްތަ؟

ފުވައްމުލަކު ގޮޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫއު އަކީ ފުވައްމުލަކު ރައްޔިތުން އެތަށް އަހަރެއް ވަންދެން ކުރަމުން އައި ދިގު އުއްމީދެކެވެ. މިއަދު އެ އުއްމީދުގައި  ހަގީގީ ކުލަ ޖެހެމުން އަންނަ އިރު ރަށު ތެރޭގައި، ދެކެވެމުން އަންނަ އެއްވާހަކަ އަކީ ރަށުގެ ހޭޅިފަށުން ރުއްގަސް ކަނޑަމުން އަންނަ ވަހަކައެވެ. އެއީ ތިމާވެށީގެ ނަޒަރުން ބަލާއިރު ރަނގަޅު ކަމެއް ނޫން ކަމުގެ ވާހަކައެވެ. ވިސްނާލާށެވެ.  އިންސާނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި، ކެންސަރު ޖެހިފައިފާ ހަށިގަނޑުގެ ގުނަވަނެއް، ހިތާ ދެކޮޅަށް ނަމަވެސް ބުރި ކުރަން ޖެހެއެވެ. ހަމަ އެގޮތަށް ފުވައްމުލަށް ހިމާޔަތް ކުރުމަށްޓަކައި ކޮންމެހެން ކަނޑަންޖެހޭ ރުއްގަހެއް ކެނޑުމަކީ އޮންނަ އުސޫލުގެ ތެރެއިން މައްސަލައެއް ކަމަށް އަހަންނަކަށް ނުފެނެއެވެ.

ތަރައްޤީއަށްޓަކައި މީގެ ކުރިންވެސް ފުވައްމުލަކުން ގިނަ އަދަދެއްގެ ރުއްގަހާއި،ގަސްތަށް ކަނޑާފައި އެބަހުއްޓެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ފުވައްމުލަކު ބަނދަރު ހެނދުމާއި، އަދި އެއާއި ގުޅިގެން ހެނދި ތާރުމަގު ހެދުމަށް ގިނަ އަދަދެއްގެ ގަސްތަށް ކަޑަންޖެހުނެވެ. އަދި  އޭގެ ފަހުން  ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުވައްމުލަކު އެއާޕޯޓް ހެނދުމަށާއި، ފްލެޓް އަދި ކަރިކެޓް ދަނޑު ހެނދުމަށް ގިނަ އަދަދެއްގެ ރުއްގަސް ވަނީ ކަނޑާފައެވެ.

މިކަންކަމުން އެގި ހާމަވެގެންދަނީ، ރައްޔިތުން އެދޭ ތަރައްޤީ ގެނައުމުގައި ކޮއްމެވެސް ވަރަކަށް  ގަސްތަށް ކަނޑަންޖެހޭ ކަމެވެ. ތަރައްޤީ އާއި އެކު ކުރިއަށް ދާންބޭނުންވާ  ނަމަ މިކަން ސިޔާސީކޮށް އެކި ވާހަކައެއް ނުދައްކާނެއެވެ. އަދިވެސް  އެއްފަހަރު ވިސްނާ ލައްވާށެވެ ! ގަސް ނުކެނޑިނަމަ  ފުވައްމުލަކު އެއާޕޯޓްގެ ރަންވޭ  އެތަނުގައި އެޅުނީސްތަ؟

Taggs:
Write a comment