ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ބްލޮގް ޕޯސްޓުތައް

ކަޅުހުއްތު މޭވާ އާއި ގުޅިފައިވާ ކުޑައިރުގެ ހަނދާންތައް

ކަޅުހުއްތު މޭވާ އާއި ގުޅިފައިވާ ކުޑައިރުގެ ހަނދާންތައް

kalhuhuthu meyvaaމީގެ 14 ވަރަކަށް އަހަރު ކުރިއަށް ޖިހިލާނަމެވެ. މިހާރުގެ ގޮތަށް ސޯޝަލް މީޑިއާއާއި ޑިޖިޓަލް ވަސީލަތްތަށް އެހާ އާންމެއް ނޫނެވެ. އަހެންކަމުން  އަހަރެމެން  މުނިފޫހި ފިލުވުމަށް ވެސް ކޮށް އުޅުނީ ޖިސްމާނީގޮތުން ހަރަކާތްތެރި ތަފާތު ކުޅިވަރާއި، ހަރަކާއްތަކެވެ.

އެގޮތުން ކޮށްއުޅުނު އެއްކަމަކީ، އޮޅުތެރޭގައި އިންވަކި، ކުރުމަށް އިންދާފައި ހުންނަ  ކަޅުހުއްތު މޭވާ ގަސްތަކުން ކަޅުހުއްތު މޭވާ ބިނުމެވެ. އޮޅުގައި ފެންބޮޑު ވެފައިވީ ނަމަވެސް، އެއްވެސް ފަރުވާލެއް ނެތި އަހަރެމެން ފޯރިއާއި އެކު މޭވާ ބިންނަން ދަމެވެ.

ދޮންވެ ފައްކާވެފައިވާ ކަޅުހުއްތު މޭވާ ބިނދުމަށްފަހު ހަމަ އެ ސަރަޙައްދުގައި ހުންނަ ހިކި ފަސްތަންތަނުގައި، ފުވައްމުލަކު ބަހުންނަމަ ” ފީށިގަނޑޮ” ގައި ތިބެގެން މަޖާނަގާފައި ކައި އުޅުނީމެވެ. އަދި ދޮންވާން ކައިރިވެފައިވާ ކަޅުހުއްތު މޭވާތަށް ބިނދެގެން ގެއަށ ގެނެސް، ދޮންވެ ފައްކާ ކުރުމަށްޓަކައި، ހަނޑޫ ބަލީދީގެ ތެރެއަށް ނުވަތަ ދޮންވެލީގެ  ތެރެއަށްލަމެވެ.

މިއީ  އަހަރެމެން ކުޑައިރުގެމއާދަކާދަތެކެވެ، މި ހަނދާންތަށް އާވެގެން، މިއައީ ރަށުން ހަދިޔާގެ ގޮތުގައި، ކަޅުހުއްތު މޭވޭ ލިބުމުންނެވެ.

ކަޅުހުއްތުމޭވާއަކީ ހަށިގަނޑަށް އެތަކެއް ފައިދާލިބޭ މީރު މޭވާއަކަށްވާއިރު މިއީ މިހާރު ރާއްޖެއިން ނެތެމުންދާ މޭވާއެކެވެ.މިމޭވާ ގިނައިން ބޭނުންކުރަނީ ފަނިގިރުމަށް ނަމަވެސް މޭވާއެއްގެ ގޮތުގައި ކާންވެސް މިއީ ރަނގަޅު އެއްޗެކެވެ.

ކަޅުހުއްތު މޭވާއިން ގިނަ ސިއްހީ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި ކަޅުހުއްތު މޭވާގެ އޮށުގެ “އެކްސްޓްރެކްޓު”ގައި ކެންސަރާއި ދެކޮޅަށް މަސައްކަތްކުރާ ކޮމްޕައުންޑްތަކެއް އެކުލެވިގެންވާކަމަށް ވެއެވެ. އަދި މިކޮމްޕައުންޑްތައް ބޭސްވެރިކަމުގެ ތެރޭގައިވެސް ބޭނުންކުރާ ކަމަށްވެއެވެ.

Write a comment