ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ބްލޮގް ޕޯސްޓުތައް

މިއަދަކީ ފުވައްމުލަކު ރައްޔިތުންނަށް މާ އުފާވެރި ”ބުރާސްފަތި“ ދުވަހެއް

ސެޕްޓެމްބަރ 1، 2022 ވިސްނުމާއި ފިކުރު
މިއަދަކީ ފުވައްމުލަކު ރައްޔިތުންނަށް މާ އުފާވެރި ”ބުރާސްފަތި“ ދުވަހެއް

ފުވައްމުލަކު އެތެރޭގެ މަގުތަކުގައި ތާރުއެޅައި، އެ މަގުތަށް ރަނގަޅު ފެންވަރަކަށް ހެދިގެން ދިޔުމަކީ ރައްޔިތުންގެ ޒަމާންވީ އެއް ހުވަފެނެވެ. މި ހުވަފެނުގައި ހަގީގީ ކުލަ ޖެއްސުމަށްޓަކައި ތަފާތު ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާންޖެހިފައެވެ. އެ މި ގޮންޖެހުންތަކާއި އެކުވެސް ކުރިއަށް ގޮސް މާތްﷲ އިރާދަފުޅުން ފުވައްމުލަކު އެތެރޭގެ 32 މަގެއްގައި މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މިއަދު،1 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހު ހަވީރު 16:30 ގައިނެރެގަނޑު ސަރަހައްދުން ފެށިގެންދާނެއެވެ

ފުވައްމުލަކު ބޮޑެތި މަގުތަށް ރަނގަޅު ފެންވަރަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. މިއަދު މި ފެނިގެން ދަނީ އެ ވައުދު ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހޭ ގޮތަށް ފުއްދިގެންދާ މަންޒަރެވެ. ”ތަކުލީފޭ“ މިހެން މިބުނީ ސަބަބެއް ނެތިއެއް ނޫނެވެ. ހަމައެކަނި ސިޔަސީ މަންފާއަށް ވިސްނުމަށްފަހު އަވަސް އަރުވާލައިގެން،ނިމިދިޔަ ސަރުކާރުން ފުވައްމުލަކުގައި ގާއިމްކުރި ފެނާއި ނަރުދަމާ ވެފައިވަނީ ރައްޔިތުންނަށް ލިބުނު ބޮޑު ތަކުލީފަކަށެވެ. ނުވަތަ މުސީބާތަކަށެވެ. އަދި މިކަން ހައްލުކުރުމަށް އެތަށް މިލައަން ރުފިޔާއެއް ހަރަދުކުރަން ޖެހުނެވެ.

ފުވައްމުލަކު މަގުތަށް ހެދުމުގެ މަސައްކަތައް ވެސް މި ދެންނެވި މަޝްރޫއުގެ މަސައްކަތް ކޮއްފައި ހުރި ކޮލިޓީ ދަށްކަމުން ވަނީ މަޑުޖެހުންތަކެއް އައިސްފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް މަޔޫސްކަމާއި ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. އެހެން ނަމަވެސް ސަރުކާރުން ބެއްލެވީ، މަސައްކަތް ލަސްވިކަމުގައި ވިޔަސް، ހުރި މައްސަލަތަށް ހައްލުކޮށްގެން މަސައްކަތް ކުރިޔަށް ގެންދިއުމަށެވެ. ރައްޔިތުންނަށް އިތުރު ތަކްލީފެއް ނުޖެއްސުމަށެވެ. ސިޔާސީ މަންފާއަށްޓަކައި، ހުރިމައްސަލަތަށް އެއްފަރާތް ކޮށްލާފައި، ތާރު އެޅުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ކުރިއަށް ގެންދެވިދާނެއެވެ. އެކަމަކު އެ ވިސްނުމެއް މި ސަރުކާރުގެ  ހުރިކަމަކަށް ލަފައެއް ނުކުރެވެއެވެ. މި ސަރުކާރުން ބަލަނީ ކުރާ ކަމެއް ކޮލެޓީކޮށް ކުރުމަށާއި މަސައްކަތް ކުރަމުންދާއިރު ދިމާވާ މައްސަލަތަށް، ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަށް ހައްލުކުރުމަށެވެ. އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަދި ބިނާކުރެނިވި ފާޑުކިޔުންތަކާއި އެކު ކުރިއަށް ގެންދިއުމަށެވެ.

.
މިއުފާވެރި ޙަފްލާގައި ބައިވެރިވެ އަދި މި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެކުމާދިއުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވިފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ހަމަކޮށްފައެވެ. ދެކުމަކާއި ދިއުމަކީ ޒަމަނާނުއްސުރެ ފުވައްމުލަކު ރައްޔިތުން ރަށުފެންވަރުގައި ކުރާ ބޮޑެތި ކަންތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރަމުން އައި ސަޤާފީ ކަމެކެވެ.

Taggs:
Write a comment